1441 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމުގެ މުއްދަތު 21 މެއި 2020 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް ހަމަވިއިރު މާކުރަތު ކައުންސިލްގެ އިދާރާއަށް 1066 މީހުން ފިޠުރު ޒަކާތް ދައްކާފައިވެއެވެ. އެއީ އާދައިގެ ހަނޑުލުން 1054 މީހުންނަށް 12648.00 ރުފިޔާ، ބާސްމަތީ މޮޅު ހަނޑުލުން 1 މީހަކަށް 96.00 ރުފިޔާ، ބާސްމަތީ އާދައިގެ ހަނޑުލުން 1 މީހަކަށް 60.00 ރުފިޔާ އަދި ތައިލެންޑު ހަނޑުލުން 10 …
Read More »ޚަބަރު
ކުރިއަށް އޮތް ފަސްއަހަރަށް އިންތިޚާބުވި އިންތިޚާބީ ރައީސް އަދި އިންތިޚާބީ ނައިބްރައީސް އަށް ރ. މާކުރަތު ރައްޔިތުންގެ ނަމުގައި މަރްޙަބާއާއި ތަޙުނިޔާ ދަންނަވަމެވެ
thahuniyaa
Read More »މާކުރަތު ރައްޔިތުންގެ ދީނީ ފަންޑް ހިންގާ ބޭނުންކުރުމުގެ އުޞޫލު އާންމު ކުރުން
“މާކުރަތު ރައްޔިތުންގެ ދީނީ ފަންޑް ހިންގާ ބޭނުން ކުރުމުގެ އުޞޫލު” ރ. މާކުރަތު ކައުންސިލްގެ 03 ވަނަ ދައުރުގެ 60 ވަނަ އާންމު ޖަލްސާއިން ފާސްކޮށް 02 އޯގަސްޓް 2018 ގައި އާންމުކޮށް އިޢުލާނުކޮށް ގެޒެޓުގައި ޝާއިޢުކޮށް އަމަލު ކުރަން ވަނީ ފެށިފައެވެ. މިއުސޫލުގެ މަޤްޞަދުތަކުގެ ތެރެގައި މާކުރަތުގެ ރައްޔިތުންނަށް ދީނީ ކަންކަމށް ހޭދަ ކުރުމުގެ ފުރުޞަތު ހޯދައިދީ ދީނީ އެކިއެކި ޕްރޮގްރާމްތަށް ހިންގުމަށް ދިމާވާ ފައިސާގެ ދަތިކަން ރައްޔިތުންނަށް …
Read More »ރަށުގެ މަގުތަކާއި ގޯޅިތަކަށް ނުކުމެފައިވާ ގަސްތައް ކޮށުމުގެ މަސައްކަތް ފެށުން
ރަށުގެ މަގުތަކާއި ގޯޅިތަކަށް ނުކުމުފައިވާ ގަސްތައް ކޮށުމުގެ މަސައްކަތް 30 ޖޫން 2018 ވީ ހޮނިހިރު ދުވަހުވަނީ ފެށިފައެވެ. މިމަސައްކަތުގެ ތެރެއިން ފުރަތަމަ ކޮށިފައިވަނީ މުޙައްމަދުރަސްގެފާނުމަގު (ދިގުމަގު) ގެ ހުޅަނގު އުތުރު ފަޅިއެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 ށެވެ.
Read More »ރ. މާކުރަތު މަސްޖިދުލް އަންވާރުގައި ފިރިހެނުން ނަމާދު ކުރަން ފެށުން
ރ. މާކުރަތު މަސްޖިދުލް އަންވާރު، ފިރިހެނުން ނަމާދުކުރާ މިސްކިތެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަމަޖެއްސުމާއި ގުޅިގެން 28 ޖޫން 2018 ވީ އަންގާރަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން އެ މިސްކިތުގައި ފިރިހެނުން ނަމާދު ކުރަން ވަނީ ފަށާފައެވެ. މިސްކިތުގައި ބަންގި ގޮވައި އިމާމުވެ ނަމާދު ކުރެއްވީ ރ. މާކުރަތު ސާނިޔާ އަލްފާޟިލް އަޙްމަދު ނަސީރު އެވެ. މި މިސްކިތަކީ މީގެ ކުރިން އަންހެނުން ވަކިން ނަމާދު …
Read More »ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް
އެމް.އެން.ޑީ.އެފް އާއި ރ. މާކުރަތު ކައުންސިލް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ފެށިއްޖެއެވެ. މިޕްރޮގްރާމުގައި 110 ބޭފުޅުން ބައިވެރިވެފައިވެއެވެ. މިޕްރޮގްރާމުތަކުގެ ތެރޭގައި ހިމެނެނީ ، ފަސްޓް އެއިޑް، ސްވިމިންގ އެންޑް ރެސް ކިއު އަދި ފަޔަރ އެވެއަރނަސް އެވެ. މި ޕްރޮގްރާމްތަކުގައި ކިޔަވައި ދެއްވާނީ އެމް،އެން.ޑީ. އެފް ގެ ބޭފުޅުންނެވެ. މި ޕްރޮގްރާމް ތަކުގެ ބައިވެރިންނާ 26 ނޮވެމްބަރ 2017 ވީ އާދިއްތަ ދުވަހުގެ ރޭ 20:30 …
Read More »މާކުރަތު ކައުންސިލްގެ 7 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު
މާކުރަތު ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 7 ވަަނަ މުބާރާތް ނިމި އިނާމް ދިނިމުގެ ރަސްމިއްޔާތު 11 ފެބްރުއަރީ 2017 ވަނަ ދުވަހު ބާއްވައިފިއެވެ. 67 ބައިވެރިންނާއެކު ފެށި މި މުބާރާތުގެ އެކި އެކި ވަނަތަކަށް 12 ދަރިވަރަކު ވަނީ ހޮވިފައެވެ. މުޅި މުބާރާތުން 1 ވަނަ އަށް ހޮވިފައިވަނީ ޢާއިޝަތު ޔަޝްމީ ވަސީމް، މީނާޒް ރ.މާކުރަތު ، މުޅި މުބާރާތުން 2 ވަނަ އިސްމާޢީލް …
Read More »މާކުރަތު ކައުންސިލްގެ 7 ވަނަ ޤުރުއާން މުބާރާތް ފަށައިފި
މާކުރަތު ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް 10 ފެބްރުއަރީ 2017 ގައި ފަށައިފިއެވެ. މިއީ މިގޮތުން ބޭއްވޭ 7 ވަނަ މުބާރާތެވެ. ޖުމްލަ 67 ބައިވެރިންނާއެކު ފެށި މުބާރާތުގެ ކިޔެވުން ކުރިޔަށްދާނީ މާކުރަތު ސްކޫލް ހޯލްގައި އެކި ދަންފަޅިތަކަށް ބަހާލެވިގެން އެކި ދަންފަޅިތަކިގައި އެކި އުމުރުފުރައިގެ ކުދިން ކިޔަވާ ގޮތަށެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބޭއްވިގެން ދިޔައީ 10 ފެބްރުއަރީ 2017 …
Read More »މާކުރަތު ކައުންސިލްގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް ފަށައިފި
މާކުރަތު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “މާކުރަތު ކައުންސިލްގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް” 09 ޑިސެމްބަރ 2016 ވަނަ ދުވަހުގެ ހަވީރު 16:00 ގައި މާކުރަތު ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަށައިފިއެވެ. މުބާރާތް ހުޅުވައިދެއްވީ ރ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަންވަރު އިބްރާހީމް އެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވުނު އެކުވެރިކަމުގެ މެޗުގައި ބައްދަލުކުރީ ރައިޑާސް އެފްޓީ އާއި ރޯޅި އެފްސީ، މި މެޗް 1-0 ކުން ކާމިޔާބުކުރީ …
Read More »ރ.މާކުރަތު ކައުންސިލާއި ކިރިތި ޤުރުއާނާއިބެހޭ މަރުކަޒާއި ގުޅިގެން މާކުރަތުގައި ހިންގި ޤާރީކޯހުގެ 37 ދަރިވަރުން ދަސްވެނިވެއްޖެ
ރ.މާކުރަތު ކައުންސިލާއި ކީރިތި ޤުރުއާނާއިބެހޭ މަރުކަޒާއި ގުޅިގެން މާކުރަތުގައި 2015 ވަނަ އަހަރު ހިންގި ޤާރީކޯސް ލެވަލް 1 އަދި 2 ދަސްވެނިވި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއަޔާތު 13 ޖުލައި 2016 ވަނަ ދުވަހުގެ ރޭ 20:30 ބާއްވައިފިއެވެ. މި ކޯހުގެ ލެވަލް 1 ގައި 42 ދަރިވަރުން ބައިވެރިވެ 23 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އަދި ލެވަލް 2 ގައި 31 ދަރިވަރުން ބައިވެރިވެ 14 ދަރިވަރުންވަނީ ދަސްވެނިވެފައެވެ. …
Read More »