1441 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމުގެ މުއްދަތު 21 މެއި 2020 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް ހަމަވިއިރު މާކުރަތު ކައުންސިލްގެ އިދާރާއަށް 1066 މީހުން ފިޠުރު ޒަކާތް ދައްކާފައިވެއެވެ. އެއީ އާދައިގެ ހަނޑުލުން 1054 މީހުންނަށް 12648.00 ރުފިޔާ، ބާސްމަތީ މޮޅު ހަނޑުލުން 1 މީހަކަށް 96.00 ރުފިޔާ، ބާސްމަތީ އާދައިގެ ހަނޑުލުން 1 މީހަކަށް 60.00 ރުފިޔާ އަދި ތައިލެންޑު ހަނޑުލުން 10 މީހަކަށް 480.00 ރުފިޔާ، ޖުމުލަ 13284.00 (ތޭރަހާސް ދުއިސައްތަ އަށްޑިހަ ހަތަރު ރުފިޔާ) ބަލައިގަނެވިފައެވެ. މިފައިސާ ބެހުމަށް ހަމަޖެހިފައިވަނީ 1 އޮކްޓޯބަރ 2019 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދަފްތަރުކޮށް ކައުންސިލަށް ފޮނުއްވާފައިވާ މާކުރަތުގައި ރަޖިސްޓްރީ ކުރެވިފައިވާ 45 ފަޤީރުންނާއި މިސްކީނުންނަށެވެ. ވުމާއެކު 1441 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ބޮލަކަށް 295.20 ބެހުމަށް ވަނީ ހަމަޖެހިފައެވެ. މިފައިސާ ފަޤީރުންނާއި މިސްކީނުންނަށް ދޫކުރުމުގެ މަސައްކަތް 21 މެއި 2020 ވާ ބުރާސްފަތި ދުވަހުގެ ރޭ 9:00 ން ފެށިގެން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
1440 ވަނަ އަހަރު މާކުރަތު ކައުންސިލްގެ އިދާރާއަށް ފިޠުރު ޒަކާތް ދައްކާފައިވަނީ 1025 މީހުންނެވެ. ލިބިފައިވާ ފައިސާގެ ޖުމްލައަކީ 12924.00 (ބާރަހާސް ނުވަސަތޭކަ ސައުވީސް) ރުފިޔާއެވެ. 1440 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބެހިފައިވަނީ އޭރު ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ 29 މީހުންނަށް ބޮލަކަށް 445.65 ރުފިޔާގެ މަގުންނެވެ.