މާކުރަތު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “މާކުރަތު ކައުންސިލްގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް” 09 ޑިސެމްބަރ 2016 ވަނަ ދުވަހުގެ ހަވީރު 16:00 ގައި މާކުރަތު ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަށައިފިއެވެ. މުބާރާތް ހުޅުވައިދެއްވީ ރ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަންވަރު އިބްރާހީމް އެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވުނު އެކުވެރިކަމުގެ މެޗުގައި ބައްދަލުކުރީ ރައިޑާސް އެފްޓީ އާއި ރޯޅި އެފްސީ، މި މެޗް 1-0 ކުން ކާމިޔާބުކުރީ ރައިޑާސް އެފްޓީ އެވެ. މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައި ވަނީ ރޯޅި އެފްސީ، ރައިޑާސް އެފްޓީ، ފަތަހަ އެފްސީ އަދި ރުއްގަނޑު އެފްސީ މި ހަތަރު ޓީމް ކަމައްވާތީ މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓްލިބޭ 2 ޓީމް ފައިނަލުގައި ބައްދަލުކުރާގޮތަށެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވިފައިވަނީ އެކުވެރިކަމުގެ މެޗެއްކަމުން މުބާރާތުގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 10 ޑިސެންބަރ 2016 ވަނަ ދުވަހު 16:00 ގައި މާކުރަތު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މި މެޗްގައި ބައްދަލުކުރާނީ ފަތަހަ އެފްސީ އާއި ރުއްގަނޑު އެފްސީ އެވެ. މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 20 ޑިސެންބަރ 2016 ވާ އަންގާރަ ދުވަހު އެވެ.