Home / ޚަބަރު / މާކުރަތު ރައްޔިތުންގެ ދީނީ ފަންޑް ހިންގާ ބޭނުންކުރުމުގެ އުޞޫލު އާންމު ކުރުން

މާކުރަތު ރައްޔިތުންގެ ދީނީ ފަންޑް ހިންގާ ބޭނުންކުރުމުގެ އުޞޫލު އާންމު ކުރުން

“މާކުރަތު ރައްޔިތުންގެ ދީނީ ފަންޑް ހިންގާ ބޭނުން ކުރުމުގެ އުޞޫލު” ރ. މާކުރަތު ކައުންސިލްގެ 03 ވަނަ ދައުރުގެ 60 ވަނަ އާންމު ޖަލްސާއިން ފާސްކޮށް 02 އޯގަސްޓް 2018 ގައި އާންމުކޮށް އިޢުލާނުކޮށް ގެޒެޓުގައި ޝާއިޢުކޮށް އަމަލު ކުރަން ވަނީ ފެށިފައެވެ. މިއުސޫލުގެ މަޤްޞަދުތަކުގެ ތެރެގައި މާކުރަތުގެ ރައްޔިތުންނަށް ދީނީ ކަންކަމށް ހޭދަ ކުރުމުގެ ފުރުޞަތު ހޯދައިދީ ދީނީ އެކިއެކި ޕްރޮގްރާމްތަށް ހިންގުމަށް ދިމާވާ ފައިސާގެ ދަތިކަން ރައްޔިތުންނަށް ފައިދާ ކުރުވަނިވި ގޮތެއްގއި ހައްލުކުރުމާއި، ދީނީ ކަންކަމަށް އެކިއެކި ފަރާތްތަކުން ދެއްވާ ފައިސާ ޒިންމާދާރުކަމާއި އެކު ބެލެހެއްޓުމާއި މިސްކިތްތަކުގެ އޭސީގެ ކަރަންޓް ބިލްތައް ދެއްކުމާއި، މިސްކިތްތައް ބޭނުންވާ ތަކެތި ހޯދުމާއި މަރާމާތުތައް ކުރުމާއި، ދީނީ އެކިއެކި ޕްރޮގްރާމްތަކާއި މުބާރާތްތައް ބޭއްވުން ފަދަ ކަންކަމަށް ފަންޑް ބޭނުން ކުރުން ހިމެނިފައިވެއެވެ.