Home / ޚަބަރު / މާކުރަތު ކައުންސިލްގެ 7 ވަނަ ޤުރުއާން މުބާރާތް ފަށައިފި

މާކުރަތު ކައުންސިލްގެ 7 ވަނަ ޤުރުއާން މުބާރާތް ފަށައިފި

މާކުރަތު ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް 10 ފެބްރުއަރީ 2017 ގައި ފަށައިފިއެވެ. މިއީ މިގޮތުން ބޭއްވޭ 7 ވަނަ މުބާރާތެވެ. ޖުމްލަ 67 ބައިވެރިންނާއެކު ފެށި މުބާރާތުގެ ކިޔެވުން ކުރިޔަށްދާނީ މާކުރަތު ސްކޫލް ހޯލްގައި އެކި ދަންފަޅިތަކަށް ބަހާލެވިގެން އެކި ދަންފަޅިތަކިގައި އެކި އުމުރުފުރައިގެ ކުދިން ކިޔަވާ ގޮތަށެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބޭއްވިގެން ދިޔައީ 10 ފެބްރުއަރީ 2017 ވަނަ ދުވަހުގެ 2:00 ގައި މާކުރަތު ސްކޫލް ހޯލްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މާކުރަތު ސްކޫލްގެ ޕްރިންސިޕަލް އަލްފާޞިލް އަޙްމަދު އަޝްފާޤް އެވެ. ޝަރަފްވެރި މެހްމާންގެ ވާހަކަ ފުޅުގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި ޤުރިއާން ކިޔެވުމާއި އުނގެނުމުގެ ބޭނުންތެރިކަން މުބާރާތުގެ ބައިވެރިންނަށް ހިއްސާ ކުރައްވައި އަދި ކާމިޔާބަށް އެދޭނަމަ ފަރިތަކާމާއެކު ކިޔެވުމުގެ ހަމަތާކާއި އެއްގޮތަށް ރީތިރާގަށް ކިޔެވުމަށް ނަސޭހަތްތެރިވެ ލެއްވިއެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ފަހު މުބާރާތުގެ ކިޔެވުން ވަނީ ފެށިފައެވެ.

މަޢުލޫމާތު: – މާކުރަތު ކައުންސިލްް –