ރ. މާކުރަތު މަސްޖިދުލް އަންވާރު، ފިރިހެނުން ނަމާދުކުރާ މިސްކިތެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަމަޖެއްސުމާއި ގުޅިގެން 28 ޖޫން 2018 ވީ އަންގާރަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން އެ މިސްކިތުގައި ފިރިހެނުން ނަމާދު ކުރަން ވަނީ ފަށާފައެވެ. މިސްކިތުގައި ބަންގި ގޮވައި އިމާމުވެ ނަމާދު ކުރެއްވީ ރ. މާކުރަތު ސާނިޔާ އަލްފާޟިލް އަޙްމަދު ނަސީރު އެވެ. މި މިސްކިތަކީ މީގެ ކުރިން އަންހެނުން ވަކިން ނަމާދު ކުރި މިސްކިތެކެވެ. ރ. މާކުރަތު މަސްޖިދުލް ސަލާމުގައި (ހުކުރު މިސްކިތް)ގައި އަންހެނުން ނަމާދު ކުރުމަށް ޚާއްޞަކޮށް ޕާޓިޝަންޖަހާ ބައެއް ހެދުމަށްފަހު، 1439 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން ރ. މާކުރަތު މަސްޖިދުލް އަންވާރުގައި އަންހެނުން ނަމާދު ކުރުން ވަނީ ހުއްޓާލެވިފައެވެ.