Home / Uncategorized / ތިމާވެށި ހިމާޔަތްކުރުމަށް އިގުރާރެއްގައި ސޮއިކޮށް ގަސްއިންދުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮއްސި – މާކުރަތު ކައުންސިލްް

ތިމާވެށި ހިމާޔަތްކުރުމަށް އިގުރާރެއްގައި ސޮއިކޮށް ގަސްއިންދުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮއްސި – މާކުރަތު ކައުންސިލްް

ތިމާވެށީގެ ދުވަހާގުޅިގެން މާކުރަތުގެ ސަރުކާރު މުޢަައްސަސާތަކުން ތިމާވެށި ހިމާޔަތްކުރުމަށް އިގުރާރެއްގައި ސޮއިކޮށް ގަސްއިންދުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮއްސި އެވެ. މި ދުވަސް ފާހަގަ ކުރުމަށް 04 ޖޫން 2016 ވަނަ ދުވަހު 14:00 ގައި ތިމާވެށި ހިމާޔަތް ކުރުމުގެ އިގުރާރުގައި ސޮއިކުރުން މާކުރަތު ކައުންސިލްގެ އިދާރާގައި ކުރިޔަށް ގެންދެވުނެވެ. އަދި 16:15 އިން ފެށިގެން ތިމާވެއްޓާއި މެދު އެބެފުޅެއްގެ ހިތުގައި އުފެދޭ ސުއޫރު ހުދު ފޮތިގަނޑެއްގައިލިޔެ ހިއްސާކުރުމާއި ގަސް އިންދުމުގެ ޕްރޮގްރާމްމެއް ކުރިޔަށް ގެންދެވުނެވެ.

ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ކުރިޔަށްގެންދެވުނު ގަސް އިންދުމުގެ ޕްރޮގްރާމްގައި 136 ރުކާއި އެކި ވައްތަރުގެ ގަސް ގިނަ އަދަދަކަށް ވަނީ ރަށުގެ ހޭޅިފަށުގައި އިންދިފައެވެ. ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ގުރިޔަށް ގެންދެވުނު ޕްރޮގްރާމްތަކުގައި މާކުރަތު ކައުންސިލާއި މާކުރަތު ސްކޫލް އަދި މާކުރަތު ޞިއްޙީ މަރުކަޒުގެ މުއައްޒަފުންވަނީ ބައިވެރިވެލައްވާފައެވެ.